މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގޯލްޑަން ފުޓްސަލް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ޗެމްޕިއަންކަން އިނގުރައިދޫން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ޗެމްޕިއަންކަން އިނގުރައިދޫން ހޯދައިފިއެވެ.

އިިނގުރައިދޫން ޒޯން 2 ގެ ޗެމްޕިއަންކަން ހޯދީ މިރޭ ދުވާފަރާ ދެކޮޅަށް ކުޅެ 4 - 2 ގެ ނަތީޖާއަކުންނެވެ. 

މި މެޗްގައި އެންމެފުރަތަމަ 2 ގޯލްޖަހާ ލީޑު ނެގީ އިނގުރައިދޫންނެވެ. ނަމަވެސް، ފުރަތަމަ ހާފުގައި ދުވާފަރުން ވަނީ ކައިރިކައިރީ ދެ ގޯލްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. 

ނަމަވެސް ފަހުން އަނެއްކާވެސް އިނގުރައިދޫން ވަނީ 2 ގޯލް ޖަހައި ލީޑު ނަގައިގެން މުބާރާތުގެ ޒޯން 2 ގެ ޗެމްޕިއަންކަން ހޯދާފައެވެ. 

މި މެޗްގައި އިނގުރައިދޫގެ ގޯލްތައް ޖަހައިދިނީ އަލީ ހާފިޒު، އަޙްމަދު އައިހަމް، އަޙްމަދު މަޝީދު އަދި މަމްދޫހް މުޙައްމަދެވެ. ދުވާފަރުން ގޯލްތައް ޖެހީ ހަސަން އައްޒާމެވެ. 

ޒޯން 2 ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިނގުރައިދޫ ޓީމްގެ ޢަލީ ހާފިޒެވެ. އަދި އޭނާ ވަނީ ފައިނަލް މެޗްގެ މޭންއޮފްދަ މެޗް އަދި ޓޮޕް ސްކޯރަރގެ މަގާމުވެސް ހޯދާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ