މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕީއެސްއެމް

އިސްރާއީލުން އަނެއްކާވެސް ގައްޒާއަށް ބޮން އަޅަނީ

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ގައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މި ހަމަލާތަކުގައި އެއްވެސް މުސްލިމެއްގެ ފުރާނައަށް ނުރައްކާވިކަން އަދި ސާފުވެފައެއް ނުވެއެވެ. މިއީ، އެ ގައުމުގެ ދެކުނުގައިވާ ރަށެއް ކަމުގައިވާ އަޝްކެލޯނަށް އަމާޒުތަކަށް ރޮކެޓް ހަމަލާއެއް ދިނުމާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ވައިގެ ހަމަލާތަކެއް ކަމުގައި އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެއެވެ. 
 
އިސްރާއީލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސް ޖަމާއަތުން ބޭނުން ކުރާ އިމާރާތްތަކަށް ކަމަށް ވެސް އެ ގައުމުގެ އަސްކަރިއްޔާއިން ބުންޏެވެ. ނަމަވެސް، އިސްރާއީލަށް ދިން ހަމަލާއަކީ ހަމާސްއިން ދިން ހަމަލާއެއްކަމަށް މިހާތަނަށް އެ ޖަމާއަތުން އެއްބަސްވެފައި ނުވާއިރު މި ހަމަލާގެ ޒިންމާ އެ ޖަމާއަތުން އަދި އުފުލާފައެއް ނުވެއެވެ.
 
 އިސްރާއީލުގެ އަސްކަރިއްޔާއާއި ގައްޒާގެ މުސްލިމުންނާ ދެމެދު 2021 ވަނަ އަހަރުގެ މޭ މަހު ކުރި 11 ދުވަހުގެ ހަނގުރާމައަށް ފަހު މިފަދަ ހަމަލާތައް ވަނީ ކޮންމެ ވެސް ވަރަކަށް މަދުވެފައެވެ. ނަމަވެސް، އިސްރާއީލުން އަދިވެސް ގެންދަނީ ގައްޒާއަށް ވަދެ އުދުވާން ހިންގަމުންނެވެ. އަދި، ފަލަސްތީނުގެ މުސްލިމުން ގަތުލު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ