މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މިހާރު

އެމެރިކާގެ ރިޔާސީ އިންތިޚާބުުުުގެ ނަތީޖާއަށް ދުނިޔޭގެ ލޯ އަމާޒުވެފައި

މިހާރު ކުރިޔަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދުނިޔޭގެ ލޯ މިވަނީ އަމާޒުވެފައެވެ.

އަދި މި ދަނޑިވަޅުގައި ޝައުޤުވެރި އެކި ޚަބަރުތައްވެސް އަންނަނަި ފެތުރެމުންނެވެ. އެގޮތުން މިހާރު ކުރިޔަށްދާ އެމެރިކާގެ ރިޔާސީ އިންްތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަ ހުރި ކަމަށާއި މައްސަލަ ކޯޓަށް ވައްދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 
މި އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މުޅި ދުނިޔެ އަންނަނީ މި އިންތިހާބުގެ ނަތީޖާއަށް އިންތިޒާރުކުރަމުންނެވެ.

ޓްރަމްޕް މިއަދު ވައިޓް ހައުސް ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ބޮޑެތި ފްރޯޑުތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އިންތިހާބުގެ މައްސަލަ އެގައުމުގެ ސުޕްރީމް ކޯޓަށް ވައްދާނެކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ މިހާރު މިއީ ގައުމުގެ އިންޓަގްރެޓީގެ ޔަގީންކަން ބެލުމުގެ ވަގުތު ކަމަށާއި ގާނޫނު ހަރުދަނާ ވާން ޖެހޭކަމަށާއި އިންތިހާބުން އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

25%
އުފާވި
25%
ދެރަވި
25%
ހިނިއައި
25%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ