މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސީވައިއެސް

ސީވައިއެސް ޤުރްއާން އަދި މަދަހަ މުބާރާތް ކުރިއަށް ގެންގޮސްފި

ފައިނު ކުލަބް ޔަންގް ސްޓަރސްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ޤުރްއާން މުބާރާތާއި މަދަހަ މުބާރާތް ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

އެގޮތުން ޖުމުލަ 77 ބައިވެރިންނާ އެކު ޤުރްއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. 

އަދި 60 އަށްވުރެ ގިނަ ބައިވެރިންނާ އެކު މަދަހަ މުބާރާތް 28 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ސީވައިއެސްއިން ބުނިގޮތުގައި ޤުރްއާން މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޤުރްއާނަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމަށް މޮޅު ރައްޔިތެއް ވާދަވެރި މާހައުލެއްގައި އުފެއްދުމެވެ. އަދި މަދަހަ މުބާރާތުގ މަގުސަދަކީ މަދަހަ ސަނާ ކިޔުމަށް މޮޅު ހުނަރުވެރި ރައްޔިތެއް އުފެއްދުންކަމަށެވެ. 

މި އަހަރު ބާއްވާފައިވަނީ ޤުރްއާން މުބާރާތުގެ 4 ވަނަ މުބާރާތެވެ. އަދި މަދަހަ މުބާރާތުގެ 2 ވަނަ މުބާރާތެވެ. 

ސީވައިއެސްއިން މައުލޫމާތު ދިން ގޮތުގައި މި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ލަސްނުވެ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ