މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުﷲ ޝާހިދު

ގިނަ ދުވަސްތަކަކަށްފަހު މެންބަރު ޙަސަން އަޙްމަދު، ދާއިރާގެ ރަށްތަކަށް

ކޮވިޑް-19 ގެ ސަބަބުން ދާއިރާގެ ރަށްތަކަށް ޒިޔާރަތް ނުކުރައްވާތާ ގިނަ ދުވަސްތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ދާއިރާގެ ރަށްތަކަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

ޙަސަން އަޙްމަދުގެ ދަތުރުފުޅުގައި އިއްޔެވަނީ ރ. ކިނޮޅަހަށް ޒިޔާރަތް ކުރައްވާފައެވެ. ކިނޮޅަހަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ މުއައްސަސާތަކާއި ބައްދަލު ކުރައްވާ، އެތަންތަނުގެ ކުރިއެރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން އެރަށުގެ އާންމު ރައްޔިތުންނާއި ވެސް ބައްދަލު ކުރައްވާފައިވެއެވެ. 
ފައިނަށް ކުރެއްވި ދަތުރުފުޅުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ޝާހިދު
ޙަސަން އަޙްމަދު މިއަދުވަނީ ފައިނަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ފައިނުގެ އެކި ގޭބިސީތަކަށް ޒިޔާރަތް ކުރައްވާ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދަތުރުފުޅުގައި މާދަމާ އިނގުރައިދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ