މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސް

ޑިސެންބަރުމަހު ފޭސް ޖަމްޢިއްޔާއިން ޤުރްއާން މުބާރާތަކާއި ވޮލީ މުބާރާތެއް ބާއްވަނީ

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސްގެ ފަރާތުން މި އަހަރުގެ ޑިސެންބަރުމަހު 2 މުބާރާތެއް ކުރިޔަށް ގެންދާގޮތަށް ނިންމައިފިއެވެ.

އެ ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ ގޮތުގައި، ޑިސެންބަރު މަހުގެ ތެރޭގައި ވޮލީ މުބާރާތަކާއި، އެ ޖަމްޢިއްޔާގެ ޤުރްއާން ކުލާހުން އިންތިޒާމުކޮށްގެން ޤުރްއާން މުބާރާތެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. 

ފޭސްއިން އިތުރަށް ބުނީ ވޮލީ މުބާރާތް މިފަހަރު ޚާއްސަ ކޮށްފައިވަނީ ފިރިހެނުންނަށް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ފައިނުގައި ފިރިހެނުންނަށް ޚާއްސަ ކޮށްގެން ކުރިޔަށް ގެންދާ ފުރަތަމަ ވޮލީ މުބާރާތެވެ. 

އެ ޖަމްޢިއްޔާއިން މީގެ ކުރިންވަނީ ފައިނު ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ފެސްޓިވަލްގައި ކަނބަލުންނަށް ޚާއްސަ ކޮށްގެން ވޮލީ މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ. 

މި ދެ މުބާރާތްވެސް ފަށާނެ ތާރީޚެއް އަދި ފައިނަލް ކޮށްފައިނުވާކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ