މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވިޒިޓް ކިނޮޅަސް

ކިނޮޅަހުގެ އެކްޓިވް ކޭސްގެ އަދަދު 8 ގައި!

މި ހިނގާ ސެޕްޓެމްބަރު މަހު 7 ގައި ކިނޮޅަހުން ނެގި ފުލޫ ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެން، އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.

ކިނޮޅަހުގެ ކޮވިޑުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެރަށު ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި މުޙައްމަދު އާމިރު "ފައިނު އޮންލައިން" އަށް ވިދާޅުވީ، އެރަށުން މިއަދު އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ނުވާކަމަށެވެ. އަދި މިއަދު ވެސް ރެންޑަމް ސާމްޕަލްގެ ގޮތުގައާއި ފުލޫ ސާމްޕަލްގެ ގޮތުގައި ޖުމުލަ 7 ސާމްޕަލެއް ނަގާފައިވާނޭކަމަށް މައުލޫމާތު ދެއްވިއެވެ. 

އާމިރު ވިދާޅުވީ، ރަށުގެ އާންމު ޙާލަތު އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ. 

ކިނޮޅަހުން މުޖުތަމަޢުގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެނުނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު އިތުރު 6 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ނަމަވެސް، ޕޮޒިޓިވް ކޭސްއެއް ނުފެނި 4 ދުވަސް ދިޔުމަށްފަހު އިއްޔެ ވަނީ އިތުރު 1 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

ކިނޮޅަހާއިއެކު ރ. އަތޮޅުގެ 3 ރަށަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ