މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

121 ދުވަސް ފަހުން ދުވާފަރު މޮނީޓަރިންއިން ނަގައިފި

121 ދުވަސް ފަހުން ދުވާފަރު މޮނީޓަރިންއިން ނަގައިފިއެވެ.

ކޮވިޑް19 ގެ ކޭސްތަކެއް ފެނި ދުވާފަރު މޮނިޓަރިންއަށް ލީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. 

މޮނިޓަރިންއިން ނެގުމާއި ގުޅިގެން ފައިނު އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން، ދުވާފަރު ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާމިރު އަޙްމަދު ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު މޮނިޓަރިން ހާލަތުން ރަށް ނެގުނީ، ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށާއި، މިހާރު ރަށުތެރޭގައި ބަލި ފެތުރެމުން ނުދާކަން ދެނެގަނެވިފައިވާ ކަމަށާއި، ނަމަވެސް ރެންޑަމްކޮށް ވެސް ޓެސްޓް ނުކުރެވޭ މީހުން ތިބުމާއިއެކު، ބަލި ޖެހިފައި ހުރި މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. 

އާމިރު ވިދާޅުވީ، ކޮވިޑުގެ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރަށުގެ ރައްޔިތުންނާއި އެނޫންވެސް އެކި ފަރާތްތައް ހިމެނޭގޮތަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް މިފަދަ ކަންކަމުގައި އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދާނެކަމަށް އުންމީދު ކުރާކަމަށް ވެސް ވިދާޅުވިއެވެ. 

ރަށް މޮނިޓަރިންއިން ނެގި ނަމަވެސް، އަދިވެސް އެންމެހާ ފަރާތްތަކުން ޞިއްޙީ އިރުޝާދުތަކަށް ބޯލެނބުނަކީ މުހިންމު ކަމެއްކަމަށާއި އެގޮތަށް އެންމެހާ ފަރާތްތަކުން ވެސް އެއްބާރުލުން ދޭނެކަމަށް އުންމީދު ކުރާކަމަށް އާމިރު ވިދާޅުވިއެވެ. 

ކޮވިޑް19 ގެ ބަލިމަޑުކަމުގައި ދުވާފަރުން އެބަލި ޖެހިގެން ޖުމުލަ 7 މީހަކުވަނީ ނިޔާވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ