މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިސްމާޢީލް ޝަފީޢު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފައިނުގައި ވެސް ކުރިޔަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފައިނުގައި ވެސް ފަށައިފިއެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިޚާބު ކުރަން ހަމަޖެހިފައިވާއިރު، އިންތިޚާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. 

ފައިނުގައި ވޯޓުލުން ކުރިޔަށް ދަނީ ފައިނު ސްކޫލްގައެވެ. ފައިނުގައި ބަހައްޓާފައިވާ ފޮއްޓަށް ދެ ދާއިރާއެއްގެ ވޯޓުލުން ކުރިޔަށް ދާނެއެވެ. އެއީ، އުތުރު ޕްރޮވިންސްގެ ވޯޓާއި އިނގުރައިދޫ ދާއިރާގެ ވޯޓެވެ. 
ވޯޓުލުން ކުރިޔަށް ދަނީ - ފައިނު އޮންލައިން ފޮޓޯ: ޝަފީޢު
އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބުގެ ވޯޓުލުން ފަށައިފައި ވަނީ މިއަދު 9:00 ގައެވެ. ހަވީރު 5:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.

އެ ޕާޓީގެ ޗެއާޕާސަން ޙަސަން ހަތީފް މީގެ ކުރިން ވިދާޅުވެފައި ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ މެމްބަރުން ވޯޓުލާން ނިކުތް މިންވަރަށް ވުރެ ގިނަ މެމްބަރުން މިފަހަރު ވޯޓުލާން ނިކުންނާނެ ކަމަށެވެ.

މި އިންތިޚާބުގަައި ފައިނުގެ 79 ފަރާތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަހްމަދު 3 years ago

ކާކުބާ ހޮވޭނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ