މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އިންނަމާދޫގެ ފޮށި އަލުން ގުނުމުން ނަތީޖާ ބަދަލުވެ ޝަކުވާ ބޮޑުވެއްޖެ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އިންނަމާދޫގައި ބެހެއްޓި ފޮށީގެ ވޯޓު ގުނުމުގައި މައްސަލަތަކެއް ފާހަގަވެ އެ ފޮށި އެމްޑީޕީގެ ޝަކުވާ ކޮމެޓީން އަލުން ގުނުމުން ނަތީޖާ ބަދަލުވެ އިނގުރައިދޫ ދާއިރާގެ ރައީސް ކަމަށް ރ. މަޑުއްވަރީއަށް ނިސްވަތްވާ ނަސްރުﷲ ޙުސައިން އިންތިޚާބު ވެއްޖެއެވެ.

އިންނަމާދޫގައި ބެހެއްޓި ފޮށީގެ ނަތީޖާ އިޢުލާން ކުރިއިރު އެންމެ ފުރަތަމަ ވެސް ނަސްރުﷲ އަށް އެރަށުން އެއްވެސް ވޯޓެއް ލިބިފައިނުވާއިރު، އެ މަޤާމަށް ދެން ވާދަކުރި ރ. އިންނަމާދޫއަށް ނިސްބަތްވާ ޢަބްދުﷲ ޝަފީޤަށް ވަނީ 119 ވޯޓު ލިބިފައެވެ. އިންނަމާދޫއިން ގުނި އިރު ބާޠިލު ވޯޓުގެ ގޮތުގައި ހިމަނާފައިވަނީ އެންމެ ވޯޓެކެވެ. 

އެހެންކަމުން އެންމެ ވޯޓެއްގެ ތަފާތުން އެ މަޤާމަށް ޝަފީޤް ހޮވިފައިވާކަމަށް އެމްޑީޕީންވަނީ ވަގުތީ ނަތީޖާ އިޢުލާން ކޮށްފައެވެ. 
އިންނަމާދޫގައި ވޯޓު ގުނި ނަތީޖާ ޝީޓު --
ނަމަވެސް، އިންނަމާދޫގައި ގުނިއިރު އާންމުކުރި ޝީޓުގައި ކަނޑައިގެން އެކިތަންތަން އިސްލާޙް ކޮށްފައި ހުރުމުން ނަސްރުﷲ ވަނީ ޕާޓީއަށް ޝަކުވާ ހުށަހަޅާ އެ ފޮށި އަލުން ގުނައިދިނުމަށް އެދިފައެވެ. 

މިރޭ އެމްޑީޕީއިން އެ ފޮށި އަލުން ގުނިއިރު ބާޠިލް ވޯޓުގެ ގޮތުގައި 6 ވޯޓެއް ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން ޝަފީޤަށް ލިބުނީ 114 ވޯޓެވެ. 

އެހެންކަމުން, އިނގުރައިދޫ ދާއިރާގެ ރައީސްކަމަށް މިހާރު އިންތިޚާބުވެފައިވަނީ ނަސްރުﷲ އެވެ.
އެމްޑީޕީ ކޮމެޓީން ގުނި ނަތީޖާ ޝީޓުކަމަށް ބުނެ މޫކޭ އާންމުކުރި ޝީޓް --
މި ނަތީޖާއާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ އިންނަމާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒްމީންވަނީ، ފޮށި މާލެ ގެންގޮސް އެ ފޮށީގެ ވޯޓު "ހިލާލާފައި" ވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ އަޑީގައި ތިބީ އާރްޑީސީގެ އެމްޑީ މޫސާ ޢަލީމަނިކު (ވަޑިމޫކޭ) އާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ. 

ވޯޓު އަލުން ގުނުމުން ބާޠިލް ވޯޓު 1 ން 6 އަށް ބަދަލުވެފައިވާތީ އިންނަމާދޫގައި ވޯޓު ފޮށި ކައިރީ ހަރަކާތްތެރިވި އޮފިޝަލަކުވެސް މިރޭ ވަނީ މީސްމީޑިއާގައި އެކަން ފާހަގަކޮށް، އެއީ އޮޅުވާލުމެއް ކަމަށާއި ބާޠިލު 6 ވޯޓު ނޯންނާނެކަމަށް ބުނެފައެވެ.

ފޮށި އަލުން ގުނި ނަމަވެސް އަދި އެ ޕާޓީން ރަސްމީކޮށް ނަތީޖާ އިޢުލާނެއް ނުކުރެއެވެ. ނަމަވެސް, ނަތީޖާ ޝީޓުގެ ފޮޓޯއެއް މޫކޭ ވަނީ މިރޭ އާންމުކޮށް ނަސްރުﷲ އަށް މަރުޙަބާ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބޮގޭ 3 years ago

ފެނިގެންދަނީ ދެ ފެކްޝަންގެ ވާދަވެރިކަން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އޮޅުވާލުން 3 years ago

އެމްޑިޕީ ކުރާ ކަންކަމުގައި އޮޅުވާލުމަކީ އާންމުކަމެއް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ