މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

އިނގުރައިދޫ ދާއިރާގެ ހުރިހާ ފޮއްޓެއް އަލުން ގުނަން ނިންމައިފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި އިނގުރައިދޫ ދާއިރާގައި ބެހެއްޓުނު ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އެ ޕާޓީގެ އިންތިޚާބީ ކޮމެޓީން ނިންމައިފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް އެ ޕާޓީން ބުނި ގޮތުގައި ރަސްމީ ނަތީޖާގައި އިނގުރައިދޫ ދާއިރާގެ ނަތީޖާ ހިމަނާފައެއް ނުވާނެއެވެ. އެއީ އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު ޝަކުވާ ބަލާ ކޮމިޓީން އެ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ނިންމާފައިވާތީއެވެ.

އިންތިޚާބުގައި އިންނަމާދޫގައި ބެހެއްޓި ފޮށީގެ ވޯޓު ގުނުމުގައި މައްސަލަތަކެއް ފާހަގަވެ އެ ފޮށި އެމްޑީޕީގެ ޝަކުވާ ކޮމެޓީން އިއްޔެ ވަނީ އަލުން ގުނާފައެވެ. އަލުން ގުނުމުން ނަތީޖާ ބަދަލުވެ އިނގުރައިދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ރ. މަޑުއްވަރީއަށް ނިސްވަތްވާ ނަސްރުﷲ ޙުސައިންއަށްވަނީ އޭނާ އާއި ކައިރިން ވާދަކުރި ރ. އިންނަމާދޫއަށް ނިސްބަތްވާ ޢަބްދުﷲ ޝަފީޤްއަށް ވުރެ ކުރި ލިބިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ