މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ވަޒީފާގެ ފުރުސަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން 3 ވަޒީފާގެ ފުރުސަތެއް ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ ވަކިވަކި 3 އިޢުލާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލަށް ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ، ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ އަދި ސްޓޯރ ކީޕަރ ގެ މަޤާމަށް މީހުން ބޭނުންވާކަމަށެވެ.

އެގޮތުން، ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ އަދި ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ ގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށް ހަމަޖައްސާފައިވަނީ 27 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދެން ހިމެނޭ ސްޓޯރ ކީޕަރ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހެނީ 25 އޮކްޓޯބަރ 2021  ވާ އަންގާރަ ދުވަހުގެ  13:30 ގެ ކުރިން، އެ ހޮސްޕިޓަލުގެ އޮފީހަށެވެ.

އިޢުލާނުގައި ބުނެފައިވަނީ، މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށެވެ. 

މި އިޢުލާންތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެ ހޮސްޕިޓަލްގެ ނަންބަރަށް ގުޅުމަށް ނުވަތަ މެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ