މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުއް ރައޫފް

ޕީސީއާރާއި ނުލާ މިހާރު ފައިނަށް ދަތުރު ކުރެވޭނެ

ޕީސީއާރު ޓެސްޓް ނުހަދާ ދަތުރު ކުރެވޭ ރަށްރަށުގެ ލިސްޓަށް ރ. ފައިނު އިތުރުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި މުޅި ރާއްޖޭގައި އަމަލު ކުރަމުން ގެންދިޔަ އުސޫލުތަކަށް ބަދަލު ގެނެސް، އެ ރަށެއްގައި ދިރިއުޅޭ، ވެކްސިން ޖެހޭ އުމުރުގެ މީހުންގެ 90 އިންސައްތަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން، ކޮވިޑު ބަލި އޮތް ރަށަކުން ޕީސީއާރާއި ނުލާ ދަތުރު ކުރެވޭގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިހާރުވަނީ ހަމަޖައްސާފައެވެ. 

އެގޮތުން، ފައިނުގައި ދިރިއުޅޭ އާބާދީގެ ވެކްސިން ޖެހޭ އުމުރުގެ 95 އިންސައްތަ މީހުން މިހާރުވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. ފައިނުގައި މިވަގުތު ދިރިއުޅޭ އާބާދީކަމަށް ދައްކަނީ 307 އެވެ. އޭގެ ތެރެއިން 304 މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. 

ފައިނަކީ ހިތްފަސޭހަކަމަށް މަޝްހޫރު ރަށެއްކަމުން، ރާއްޖޭގެ އެކި ރަށްރަށުން ގިނަ ބަޔަކު އަބަދު ވެސް ޒިޔާރަތް ކުރާ ރަށެކެވެ. އެފަދަ ފަރާތްތަކަށް ފައިނަށް ޒިޔާރަތް ކުރުމަށް ކުރިން ދިމާވެފައިވާ އެއް ދަތިކަންތަކަށް މިއަދުން ފެށިގެން ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. 

ރ. އަތޮޅުގެ މީހުން ދިރިއުޅޭ ޖުމުލަ 15 ރަށް އޮންނައިރު ފައިނު މި ލިސްޓަށް އަރާފައިވަނީ 13 ވަނައަށެވެ. މި ލިސްޓުގައި މިހާރު ނުހިމެނެނީ، މާކުރަތާއި ދުވާފަރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ