މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކުއްލިގޮތަކަށް ނިޔާވި ޕޮލިސް ކޮމާންޑަރ ނަދީމް --

ނ، ރ، ބ އަދި ޅ އަތޮޅުގެ ފުލުހުންގެ ޑިވިޒަން ކޮމާންޑަރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައިވާ ފުލުހުންގެ ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަށް ހާޓް އެޓޭކެއް ޖެހި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ އޭދަފުށީ އޮފީސްތަކަށް ހުޅުވާލައިގެން ރޭ އެރަށުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ފުޓްސަލް ކުޅެން ހުއްޓައެވެ.

އޭދަފުށީ ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ ނިޔާވީ، މުބާރާތް ހުޅުވި މެޗްގައި ކުޅެންހުއްޓާ ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ހާލު ސީރިއަސްވުމުން މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މިރެއެވެ.

ޕޮލިސް ޓީމުގެ ގޯލް ކީޕަރަކަށް ހުރި ނަދީމު ނިޔާވީ، ހާލު ސީރިއަސްވެ ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށް ފަހު ވެސް އޭނާގެ ހާލު ރަނގަޅު ނުވެވަނިކޮށް ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި މިހާދިސާއާއި ގުޅިގެން އެ މުބާރާތް މިހާރުވަނީ މެދުކަނޑާލާފައެވެ. އަދި ފުލުހުންގެ ހުރިހާ އިދާރާތަކެއްގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މިއަދުވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ