މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން ދާތީ ސަމާލުވާން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅާ އޮޅުވާލައިގެން ފައިސާ ފޭރެމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި މި އަތޮޅުގެ 2 ރަށެއްގައި ބޭންކުން ކަމަށްބުނެ އޮޅުވާލައިގެން، 105،000 ރުފިޔާ އަދި 155،000 ރުފިޔާ ހޯދި 2 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. 

އަދި މީގެ އިތުރުންވެސް ކުދި ކުދި ޓްރާންސްފަރގެ މިފަދަ މައްސަލަތައް ދަނީ ފުލުހުންނަށް ހުށަހެޅެމުން ކަމަށާއި އެހެންކަމުން އެކަންކަމަށް އާންމު ރައްޔިތުން ސަމާލު ވުމަށް ފުލުހުންވަނީ އެދިފައެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން ކާޑުގެ މައުލޫމާތު ހޯދުމަށާއި އޯޓީޕީ އަދި މެއިލް އެޑްރެސް ހޯދަން ނުގުޅާނެކަމަށް ބޭންކުން ތަކުރާރުކޮށް އަންނަނީ އާންމު ރައްޔިތުންނަށް ހަނދާން ކޮށްދެމުންނެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ