މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް މިއަދު ކައިވެނިކޮށްފިއެވެ.

ރާޖަސްތާންގެ ސިކްސް ސެންސެސް ބަރްވާރާ ފޯޓް ރިސޯޓްގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ބޭއްވި ކުލަގަދަ ކައިވެނީގެ ރަސްމީ ހަފުލާ އޮތީ މިއަދުގެ ވަރަށް ހަވީރުގެ ވަގުތެއްގައެވެ. އެ ހަފުލާ ބޭއްވީ ހިންދޫންގެ އާދަކާދައާ އެއްގޮތަށެވެ. ހަފުލާގެ ފޮޓޯތަކެއް ދެ ތަރިންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެއެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކުރަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން ކައިވެނިކުރި ނަމަވެސް އެ ގުޅުމާ ބެހޭ ގޮތުން ދެ ތަރިން ތިބީ ކައިވެނިކުރުމާ ހަމައަށް އެކަން ސިއްރުކޮށްގެންނެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2019 ގައެވެ.

ކައިވެނީގެ ރަސްމީ ހަފުލާ ބޭއްވި އިރު، ކައިވެންޏާ ގުޅުން ހުރި އިތުރު އެހެން ހަރަކާތްތައް ރާޖަސްތާނުގައި ވަނީ އަންގާރަ ދުވަހު ފަށައިފައެވެ. މި ކައިވެނީގެ ހަފުލާ އަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ ގާތްގަނޑަކަށް 120 މީހަކަށެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
100%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ