މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

ކިނޮޅަހުން މިއަދު 36 މީހުން ޕޮޒިޓިވްވި، އެކްޓިވް ކޭސްގެ އަދަދު 70 ގައި

މިއަދު އެކަނިވެސް ކިނޮޅަހުން 36 މީހަކު ކޮވިޑް19 އަސް ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ކިނޮޅަހުގައި ކޮވިޑް19 އިތުރުވަމުން ދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިއަދުވަނީ އެރަށް މޮނިޓަރިންއަށް ލާފައެވެ. 

ކިނޮޅަހު ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އާމިރު ފައިނު އޮންލައިންއަށް ވިދާޅުވީ، މިއަދު އެކަނިވެސް އެ ރަށުން ވަނީ 36 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އެކްޓިވް ކޭސްގެ އަދަދު މިހާރު އުޅެނީ 70 ގައިި ކަމަށެވެ. 

މީގެ ކުރިން ވެސް ކޮވިޑް19 ފެތުރި ކިނޮޅަސް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. 

މިވަގުތު ރ. އަތޮޅުގައި މޮނިޓަރިން ހާލަތުގައި މިހާރު އޮތީ ކިނޮޅަހުގެ އިތުރުން އުނގޫފާރެވެ. އުނގޫފާރުން 300 އަށްވުރެ ގިނަ މީހުނަށް މިހާރުވަނީ ކޮވިޑް19 ޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ