މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ނައުޝާދު

ފައިނު ކައުންސިލް ޤުރްއާން މުބާރާތުގެ 1 ވަނައަށް ހަސްނާ އަދި ނޫރާ

ފައިނު ކައުންސިލްގެ 3 ވަނަ ޤުރްއާން މުބާރާތުގެ 1 ވަނަ ރ. ފައިނު ނޫއަލި، އާމިނަތު ނޫރާ އިބްރާހީމް އަދި ރ. ފައިނު މަލަސް، ހަސްނާ ބިންތު އިސްމާޢީލް ސިޔާމް ހޯދައިފިއެވެ.

މިރޭ ފައިނު ސްކޫލްގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ޖަލްސާގައި އެންމެފުރަތަމަ އޮތީ ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކުމެވެ. ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ފައިނު މެޖިސްޓްރޭޓް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްޢުސްތާޛް އިބްރާހީމް ޒާހިރެވެ. ދެން އޮތީ، ފަނޑިޔާރުކަން ކޮށްދިން ފަރާތްތަކަށް އަގުވަޒަން ކުރުމުގެ ލިޔުން ހަވާލު ކުރުމެވެ. އެއަށްފަހު މުބާރާތުގެ އެކި ވަނަތަކަށް އައި ފަރާތްތަކަށް ވަނީ އިނާމާއި މެޑަލް އަދި ފައިސާގެ ވައުޗަރ ހަވާލު ކޮށްފައެވެ. 

މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މި ޖަލްސާގައި އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، މިފަދަ މުބާރާތެއް ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންގޮސްދެއްވި ކަމަށްޓަކައި އެކަމަށްޓަކައި ކައުންސިލާއި އަދި މި މުބާރާތުގައި ކައުންސިލާއި ގުޅިގެން އިންތިޒާމްކުރުމުގައި މަސައްކަތް ކުރި ފައިނު ފޭސް ޖަމްޢިއްޔާގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. 

އަދި ޤުރްއާނުގެ އިލްމު އުނގެނުމުގެ މުހިންމު ކަމާއި ގުޅޭގޮތުންނާއި މިފަދަ ރަށަކަށް މިފަދަ ޕްރޮގްރާމްތައް މުހިންމު ވެފައިވާ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، މިފަދަ އާބާދީ މަދު ރަށަކުން ފަސްދޮޅަހެއްހާ ބައިވެރިން މި މުބާރާތުގައި ކިޔަވާފައިވުމީ އުފަލާއިއެކު ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށެވެ. 

މި ޖަލްސާގައި އެންމެފަހުން ވާހަކަފުޅު ދެއްކެވީ ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރުމަނިކެވެ. 

މޫސާ ޢުމަރުމަނިކުގެ ވާހަކަފުޅުގައި ވެސް، މި މުބާރާތް އިންތިޒާމް ކުރުމުގައި ފޭސް ޖަމްޢިއްޔާއިން ވެދިން އެހީތެރިކަމާއި، ކައުންސިލް މެންބަރުންނާއި މުވައްޒަފުންނާއި އެކި މުއައްސަސާތަކުން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު އަދާ ކުރެއްވިއެވެ. 

ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، ރަށުގައި ކީރިތި ޤުރްއާނުގެ އިލްމު ކުރިއެރުވުމުގެ ގޮތުން، އަރަބިބަސް އުނގަންނައިދިނުމަށް ކުރެވެމުންދާ މަސައްކަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމުގައި ވިދާޅުވިއެވެ. 

މި މުބާރާތުގެ ވަނަތައް: 

ހިތުން ކިޔެވުމުގެ ބައި:
9 އަހަރުން ދަށް (1 ވަނަ މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، 2 ވަނަ ޢަބްދުﷲ ޔޫޝަޢު ބިން އަޙްމަދު)
12 އަހަރުން ދަށް (1 ވަނަ ހަސްނާ ބިންތު އިސްމާޢީލް ސިޔާމް)
15 އަހަރުން ދަށް (11 ވަނަ އާމިނަތު ނޫރާ އިބްރާހީމް)

ފޮތުން ކިޔެވުން:
9 އަހަރުން ދަށް (1 ވަނަ މުޙައްމަދު ވިސާލް ސިޔާމް، 3 ވަނަ ޔޫއާން ބިން ޙަސަން ޒާހިރު)
12 އަހަރުން ދަށް (1 ވަނަ މުޙައްމަދު ސަމްހާން އިސްމާޢީލް، 2 ވަނަ އާއިޝަތު ރީނާ، 3 ވަނަ މާހިލް މުޙައްމަދު)
15 އަހަރުން ދަށް (1 ވަނަ ނަފްހާ ނަސީމް، 2 ވަނަ އާއިޝަތު އީމާން، 3 ވަނަ ރާއިފް މުޙައްމަދު)
18 އަހަރުން ދަށް (1 ވަނަ އާމިނަތު ޝާނީ)

އާންމުންގެ ބައި:
1 ވަނަ ޙުސައިން އިރުޝާމް 

ހާފިޒުންގެ ބައި:
1 ވަނަ މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު

ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން:
1 ވަނަ (އާމިނަތު ނޫރާ އިބްރާހީމް، ހަސްނާ ބިންތު އިސްމާޢީލް ސިޔާމް)
2 ވަނަ (މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު)
3 ވަނަ ( ޢަބްދުﷲ ޔޫޝައު ބިން އަޙްމަދު)

ފޮތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން
1 ވަނަ ( ނަފްހާ ނަސީމް)
2 ވަނަ (މުޙައްމަދު ސަމްހާން އިސްމާޢީލް)
3 ވަނަ (އާއިޝަތު އީމާން)

މުޅި މުބާރާތުން:
1 ވަނަ (އާމިނަތު ނޫރާ އިބްރާހީމް، ހަސްނާ ބިންތު އިސްމާޢީލް ސިޔާމް)
2 ވަނަ (ނަފްހާ ނަސީމް، މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު)
3 ވަނަ (މުޙައްމަދު ސަމްހާން އިސްމާޢީލް)

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ގަބުޅި 2 years ago

ފޭސްގެ ނަންއަރުވާލަން ކޮށްލިކަމެއް. އިންތިޒާމްތައް ކުރިޔަށްވުރެ ދަށް. ފިނިހިއްޕެވުމެއް ނުދޭ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މަރީ 2 years ago

ޝުކުރިއްޔާ ކައުންސިލް. ކޮންމެ އަހަރަކުވެސް ތި މުބާރާތް ބާއްވައި ދެއްވާތި

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ