މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެޑިޔުކޭޝަން

ފައިނު އަދި ރަސްމާދޫ ސްކޫލްގައި 3 ބުރީގެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ރ. ރަސްމާދޫ އަދި ރ. ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މި ދެ ޕްރޮޖެކްޓްވެސް ހަވާލު ކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ރ. ރަސްމާދޫ ސްކޫލުގެ މަސައްކަތަށް ހުށަހަޅާފައި ވަނީ  12،839،307.38 ރ (ބާރަމިލިއަން އަށްލައްކަ ތިންސަތޭކަ ނުވަހާސް ތިންސަތޭކަ ހަތް ރުފިޔާ ތިރީސް އަށް ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަދި އެ ކުންފުނިން ރ. ފައިނު ސްކޫލުގެ މަސައްކަތަށް ހުށަހަޅާފައިވަނީ  15،268،826.02ރ (ފަނަރަމިލިއަން ދެލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ދެ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ޒުބައިރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ