މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން - ފޮޓޯ: އެމްޖޭއެސް

ރ. މީދޫ ކައުންސިލްގެ ހިދުމަތްތައް ތަރައްގީކުރަން އެމްޖޭއެސްއިން ފަންޑުދެނީ

ރ. މީދޫ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ކައުންސިލުން ދޭ ހިދުމަތްތައް ތަރައްގީ ކުރުމަށް އެ ރަށުގައި އޮންނަ އެންމެ ދުވަސްވީ ޖަމިއްޔާ ޖަމިއްޔަތުލް ޞަލާޙްއިން ފަންޑު ދޭން ނިންމައިފިއެވެ.

އެމްޖޭއެސްއިން މައުލޫމާތު ދިންގޮތުގައި، މީދޫ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމާއި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަކޮށް ދިނުމުގެ ގޮތުން ޖުމުލަ 4 ކަމަކަށް އެ ޖަމިއްޔާގެ ފަރާތުން ފަންޑު ދިނުމަށް ވަނީ ނިންމާފައެވެ. 

އެމްޖޭއެސްއިން ކައުންސިލަށް އެހީތެރިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ވެބްސައިޓާއި ސާވިސް ޕޯޓަލް ހެދުމާއި ކައުންސިލް ޑިޖިޓަލް ނޯޓިސްބޯޑު ސޮފްޓްވެއަރ ހެދުމާއި އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އެހީތެރިވުމާއި އަދި ކައުންސިލް ލޯގޯ ފަރުމާކުރުމެވެ. 

އެ ހިދުމަތްތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދުވަނީ އެ ޖަމިއްޔާއާއި ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. އެމްޖޭއެސްއިން ބުނީ، މި ހިދުމަތްތައް ފުރިހަމަ ކުރެވިގެން ދިޔުމުން، ކައުންސިލްގެ މަސައްކަތްތަކަށާއި ކައުންސިލުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށެވެ. 

އޭޝިއާ ފަންޑުގެ އެހީތެރިކަން ލިބިގެން އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ތެރެއިން، ކަނބަލުންނަށް ހާއްސަކޮށްގެން ވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށް ވެސް އެމްޖޭއެސްއިން ބުނެއެވެ. 

މީދޫ ޖަމިއްޔަތުއް ޞަލާޙަކީ، 1979 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިގެން އެ ރަށުގައި ހަރަކާތްތެރިވަމުންދާ، މީދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޖަމިއްޔާއެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ