މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮަޓޯ: މުޙައްމަދު ޒިޔާދު

ސީވައިއެސް 2 ވަނަ ޤުރްއާން މުބާރާތުގެ 1 ވަނަ ނޫރާ ހޯދައިފި

ފައިނު ކުލަބް ޔަންގް ސްޓަރސްއިން ބޭއްވި 2 ވަނަ ޤުރްއާން މުބާރާތުގެ 1 ވަނަ އާމިނަތު ނުރާ އިބްރާހީމް ހޯދައިފިއެވެ.

މިމަހުގެ 23 ގައި ބޭއްވި މި މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ވަނީ ފައިނު ސްކޫލްގައި ބާއްވާފައެވެ. ރޭގެ ޖަލްސާގައިވަނީ އެކިއެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައެވެ. 

އާމިނަތު ނޫރާ މުބާރާތުގެ އެއްވަނަ ހޯދިއިރު، މުބާރާތުގެ ދެވަނަ ހޯދީ ޢަބްދުﷲ ޔޫޝައު ބިން އަޙްމަދެވެ. އަދި ތިންވަނަ ހޯދީ ހަސްނާ ބިންތު އިސްމާޢީލް ސިޔާމެވެ. 

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިން ފަރާތްތަކަށާއި ފަންނީގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތަށް މިރޭގެ ޖަލްސާގައިވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އަދި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކުންވެސް އޮތެވެ. ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކެވީ އަލްއުސްތާޛް އިބްރާހީމް ޒާހިރެވެ.  

އެއަށްފަހު ޖަލްސާގެ ޝަރަފްވެރި މެހުމާން، ފައިނު ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް އުމަރުމަނިކު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އިބްރާހީމް އުމަރުގެ ވާހަކައިގާ، ރަށުގެ ކުލަބު ޖަމިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ޤުރްއާނަށް ހިދުމަތް ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ކުރިޔަށް ދިޔުމަށް ގެންގުޅެވިދާނެ މުހިންމު އުސޫލުތަކެއް ވިދާޅުވެދެއްވިއެވެ. 

މި ޖަލްސާގައި ސީވައިއެސްގެ ފަރާތުންވަނީ މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް މުބާރާތަށް ފައިސާގެ އިނާމު ފޯރުކޮށްދެއްވި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށާއި، ރ. އުނގޫފާރު ނަދުވާ ޕްލަސް މުޙައްމަދު ނައީމަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ