މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މޫސާ އުމަރު

ގިނަ ކުޅިވަރުތަކާއެކު ފޭސް އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސް (ފޭސް) ގެ ފަރާތުން ފައިނުގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.

ފޭސް ޖަމިއްޔާއާއި ރަށުގައިހުރި ސަރުކާރުގެ އިދާރާތަކާއި ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ މިއަދު ކުރިޔަށް ގެންދިޔަ ހަވީރުގައި ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

އެކިކަހަލަ ޝައުގުވެރި ސްޓޯލްތަކާއި ގިނަ ކުޅިވަރު ހަރަކާތްތަކަކާއިއެކު ކުރިޔަށް ގެންދިޔަ މި ހަވީރަކީ، ކުޑަކުދިންގެ ދުވަހާއި އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަވީރެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި މި ހަވީރުގެ މަގުސަދަކީ، އާއިލާގެ މެންބަރުންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ އާއިލީ ގުޅުންތައް ބަދަހި ކުރުންކަމަށް ވެސް ބުނެފައިވެއެވެ. 

ފޭސް ޖަމިއްޔާއިން 2019 ވަނަ އަހަރު ވެސްވަނީ މިފަދަ ހަވީރެއް ފައިނުގައި ކުރިޔަށް ގެންގޮސްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ