މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ތައްޔާރުކުރިތާ 6 އަހަރު ފަހުން ފައިނު ލޭންޑްޔޫސް ޕްލޭން ފާސްކޮށްދީފި

ރ. ފައިނުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ތައްޔާރު ކޮށްފައިވާތާ 6 އަހަރު ފަހުން އެ ޕްލޭން ސަރުކާރުން ފާސްކޮށްދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިނގުރައިދޫ ދާއިރާގައި ހިމެނޭ ކިނޮޅަސް، ފައިނު އަދި އިންނަމާދޫގެ ޕްލޭންތައް ސާވޭ އޮތޯރިޓީން މިހާރު ފާސްކޮށްދީފައި ވާކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފައިނުގައި އެންމެ ފުރަތަމަ ސްކޭލްއަށް ލޭންޑްޔޫސް ޕްލޭނެއް ތައްޔާރު ކުރީ 2016 ވަނަ އަހަރެވެ. އަދި އެ ޕްލޭން މިނިސްޓްރީއަށް ފޮނުވުމުން ބައެއް ކަންކަން އިސްލާހު ކުރުމަށް އޮތީ ފޮނުވާފައެވެ. އެގޮތަށް އެކި ކަންކަން އިސްލާހު ކުރަން އެކި ފަހަރުމަތިން ފޮނުވާފައިވެއެވެ. 

އޭގެފަހުން، ކައުންސިލްތަކުން ވަކި މުއްދަތެއްގައި ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރަންޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާން ކުރި ފަހުން، މިހާރުގެ ކައުންސިލުން އެ ޕްލޭނަށް ބައެއް ބަދަލުތައް ގެނެސް ފާސް ކުރުމަށް ފޮނުވިއެވެ. އަދި އޭގެފަހުންވެސް އެކި އިސްލާހުތަކާއިއެކު އެކި ފަހަރުމަތިން ފޮނުވިފަހުން މިހާރު ވަނީ ޕްލޭން ފާސްކޮށްދީފައެވެ. 

ލޭންޑްޔޫސް ޕްލޭންތަކަކީ ކުރިޔަށް އޮތް 30 އަހަރަށް ރަށުގެ ބިން ބޭނުން ކުރުމަށް އެކުލާވާ ޕްލޭނެވެ. އެ ޕްލޭންގައި ހިމެނޭ 5 އަހަރު ދުވަހުގެ ތެރޭގައި ދޫކުރަން ހިމަނާފައިވާ ބިންތައް ދޫކުރުމުގައި ދެން މިނިސްޓްރީގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ