މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީއު

އިންތިހާބަކާ ނުލާ އިންނަމާދޫ ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީއަށް

އިތުރު ކެންޑިޑޭޓަކު ކުރިމަތި ލާފައި ނުވާތީ ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރި ހަމައެކަނި ކެންޑިޑޭޓަށް އިންތިހާބަކާ ނުލާ އެ ގޮނޑި ލިބިއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ރ. އިންނަމާދޫ ބައި އިލެކްޝަންގައި ވާދަ ކުރުމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އާއިޝަތު ލަތީފާ އެކަނި ކަމަށެވެ. އެހެންކަމުން، އެ ގޮނޑި އިންތިހާބަކާ ނުލާ އޭނާއަށް ލިބިފައިވާކަމަށާއި އޭނާއަށް މަރުހަބާ ކިޔާކަމަށް އިލެކްޝަނުން މިއަދުވަނީ ބުނެފައެވެ. 

މި އިންތިހާބަކީ މިއަންނަމަހު 23 ގައި ބޭއްވުމަށް ކުރިން ތާވަލު ކޮށްފައިވާ އިންތިހާބެކެވެ. 

ސިޔާސީ ޕާޓީތަކުން ބައި އިލެކްޝަންތަކުގައި ވާދަ ނުކުރާ މައްސަލައާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އިލެކްޝަނުންވަނީ ފާޅު ކުރައްވާފައެވެ. އިލެކްޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އޮވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ