މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެލްޖީއޭ

ރ. އަތޮޅުގެ 5 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދަން ބަޔަކާ ހަވާލުކޮށްފި

ރ. އަތޮޅުގެ 5 ރަށެއްގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން (ލޭންޑްޔޫސް ޕްލޭން) ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މި މަސައްކަތް ހަވާލު ކޮށްފައިވަނީ، އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޝެރެޓް ސްޓޫޑިއޯޒްއާއެވެ. މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، އެލްޖީއޭގައި އިއްޔެ މިކަމަށް ބޭއްވި ބައްދަލުވުމެއްގައެވެ. 

ޖުމުލަ 18 ރަށެއްގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވާއިރު، ރ. އަތޮޅުން އެ މަސައްކަތް ހަވާލު ކޮށްފައިވަނީ، ރ. އަލިފުށި، ރ. މަޑުއްވަރީ، ރ. މާކުރަތު، ރ. ވާދޫ އަދި ރ. ރަސްގެތީމެވެ. 

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއިއެކު ކައުންސިލްތަކުން އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދިނެއެވެ. ނަމަވެސް، އެ މަސައްކަތަކީ ފަންނީ މަސައްކަތަކަށް ވެފައި އެކަން ކުރާ ބަޔަކު ހޯދުމުގައި ދިމާވި ދަތިތަކާއެކު ބައެއް ކައުންސިލްތަކުގެ ލޭންޑްޔޫސް ޕްލޭން އެލްޖީއޭ މެދުވެރިވެގެން ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ