މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިބްރާހީމް ވަސީމް

ފައިނަލްގައި މިއެސްޓާ އަދި މަކާއު ބައްދަލުކުރާ ފޯރިގަދަ މެޗް މާދަމާރޭ

ސީވައިއެސް ސްޕޯޓްސް ފިއެސްޓަރގައި ހިމެނޭ ފުޓްސަލް ޗެލެންޖްގައި މިއެސްޓަރ އަދި މަކާއު ބައްދަލު ކުރާ ފޯރިގަދަ ފައިނަލް މެޗް މާދަމާރޭ ފައިނުގައި އޮންނާނެއެވެ.

މި މުބާރާތުގެ ފައިނަލަށް މި ދެ ޓީމް ދަތުރު ކޮށްފައިވަނީ ރޭ ކުޅުނު ސެމީ ފައިނަލް މެޗްތަކުން މޮޅުވެގެނެވެ. އެގޮތުން މަކާއުއިން ފައިނަލަށް ދަތުރުކުރީ އޮޑިޕާކާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެނެވެ. އެ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 – 2 އިން ދެ ޓީމް އޮތީ އެއްވަރު ވެފައެވެ. ޕެނަލްޓީ ގައި އޮޑިޕާކުން ޖެހި ދެ ޕެނަލްޓީއެއް މަކާއު ގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ހިފަހައްޓާފައެވެ. 

ދެން މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ، އެންމެ ފަހުގެ ރަނަސްއަޕް މިއެސްޓާ ސެމީގައި ރޭ ކުޅުނީ ރެއިސް އެފްސީއާއެވެ. އެ މެޗް ފަސޭހަކަމާއެކު 7 – 2 އިން މިއެސްޓާ ވަނީ ކާމިޔާބު ކޮށްފައެވެ. 

ސީވައިއެސް ސްޕޯޓްސް ފިއެސްޓާރގެ ސްޕޮންސަރުންގެ ތެރޭގައި، ޑިފަރެންސް، އައިޓީ ސޮލިއުޝަންސް، ސެޓްކޫލް، ފަޒާ ފިއުލްސާވިސް، މަދަދު، އައިފެމް، ހަނދުވަރީ އޭސީ ސާވިސް، މިރާސް އަދި ފައިނު އޮންލައިން ހިމެނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ