މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕްލޭނިން

އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާއި ހަވާލު ކޮށްފި

‏ރ. އުނގޫފާރު ގިރަމުންދާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކު މިއަދު ސޮއިކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ އިދާރާގެ ޑިރެކްޓަރެވެ.
ގޮނޑުދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވާ ގޮތް - ފޮޓޯ: ޕްލޭނިންގ
މިއަދު ސޮއި ކުރެވުނު މި މަޝްރޫއުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އާއި 110 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމުކޮށް ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރެވޭނެއެވެ. 

މި މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮަށްފައިވަނީ، 11.11 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމާގޮތަށެވެ. 

އުނގޫފާރަކީ ރަށްގިރުމުގެ މައްސަލަ ބޮޑު ރަށެކެވެ. އެގޮތުން ރަށް ގިރަމުންގޮސް އެ ރަށުގެ އަތިރިމަތީ ހުރި ކެފޭތަކާ ހަމައަށް ރާޅުޖަހާ ހިސާބަށް ވަނީ ގިރާލައިގެން ގޮސްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ސީކް 2 years ago

ސޮއި ކުރިއަސް އަދި ނުފަށާނެ 2023 ގެ ކުރީންނެއް...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 2 years ago

ސިކު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ