މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މިނިސްޓްރީ

އުނގޫފާރު ސްކޫލުގެ 8 ކުލާސްރޫމްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ރ. އުނގޫފާރު ސްކޫލުގެ 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ ޕޮލިސާ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ނެކްސަރ ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނާއިހް ނަޖީބެވެ.

އުނގޫފާރު ސްކޫލުގައި އަލަށް އިމާރާތްކުރާ 8 ކްލާސްރޫމު އިމާރާތަކީ 2021 ވަނަ އަހަރުގެ ޕީ.އެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް 10.1 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

މި 8 ކްލޫސްރޫމް އިމާރާތުގެ މަސައްކަތް ނެކްސަރ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ