މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޮލިސް

ފައިނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ރ. ފައިނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ފައިނު ސްކޫލު ގުޅިގެން މި މަހު 18 ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެ ސްކޫލުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި އެ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ސައިބަރ ކްރައިމް އަކީ ކޮބައިކަމާއި، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެގޮތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. 

ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާ އަދި ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. 

އަދި ފުރާވަރު އުމުރުގެ ކުދިންނަށް އަމާޒުކޮށް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ކުދިން ރައްކާތެރުކުރުމަށާ އަދި ކުދިން އިންޓަނެޓު ބޭނުންކުރާނަމަ ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ