މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައޫފް

ވާވޮށި ޓާޓްލް ފެސްޓިވަލް މާދަމާ ފައިނުގައި

ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އޮލިވްރައިޑްލީ ޕްރޮޖެކްޓާއި ފައިނު ސްކޫލް ގުޅިގެން ކުރިއަށް ގެންދާ "ވާވޮށި ޓާޓްލް ފެސްޓިވަލް" މާދަމާ ފައިނުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ފައިނު ސްކޫލުން މައުލޫމާތު ދިން ގޮތުގައި، އެއްދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި ވެލާކަނހަބާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ހަމަޖެހިފައެވެ. އެގޮތުން، ޓްރެޝަރހަންޓް، ބީޗް ސާފުކުރުމުގެ ހަރަކާތް، ވާވޮށި ޕެރޭޑް އަދި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ގުޅޭ މައުލޫމާތު ދިނުމާއި، ކުޑަކުދިންނަށް ހާއްސަ އެކި މުބާރާތްތައް މި ފެސްޓިވަލްގެ ތެރޭން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. 
ފެސްޓިވަލްގެ ޕޯސްޓަރެއް --
މީގެ އިތުރުން، މި ފެސްޓިވަލްގައި ވަނަވަނައަށްދާ ފަރާތްތަކަށް އެކިކަހަލަ އިނާމު ދިނުން އޮންނާނެ ކަމަށް ވެސް މައުލޫމާތު ދެއެވެ. 

ވާވޮށި ފެސްޓިވަލް ރާއްޖޭގެ 3 ރަށެއްގައި މި އަހަރު ބާއްވަން ނިންމާފައިވާއިރު، މި ފެސްޓިވަލްގައި ރ. އަތޮޅުގައި އޮންނަ ޖޯލިބީން ރިސޯޓްގެ ފަންނީ ބައެއް ބޭފުޅުންނާއި އަދި އިނގުރައިދޫ ޕޮލިސްގެ ބޭފުޅުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ