މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އިމާރާތް ހަވާލުކުރުމުގެ ތެރެއިން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް އިމާރާތްކުރި ބައި ނިމިއްޖެ

އުނގޫފާރު ޓާޝަރީ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ނިންމައި ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. މި މަސައްކަތަކީ އެލިއާ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. 

އުނގޫފާރު ހޮސްޕިޓަލާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން ބުނީ މި އިމާރާތުގެ ތިރީބައިގައި 10 އެނދުގެ އެމަޖެންސީ ޔުނިޓެއް، ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުގައި އަލްޓްރާ ސައުންޑް ސްކޭން ކުރަން ދެ ކޮޓަރި، އެކްސްރޭ ނެގުމަށް ހާއްސަ ދެ ކޮޓަރި، ސީޓި ސްކޭނު ކޮޓަރިއެއްގެ އިތުރުން އެމްއާރްއައި ކޮޓަރިއެއް ހުންނާނެ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަށީގެ ސާޖަރީ ތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރަކާއި އެހެނިހެން ހާއްސަ ތިއޭޓަރެއް ހުންނާނެއެވެ.

މި ޕްރޮޖެކްޓްގެ ތެރޭގައި ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް އެ ތަނުގެ ޓެރަސްގައި ވަނީ މި ޕްރޮޖެކްޓްގައި ހިމަނައިގެން 310 ކިލޯވޮޓްގެ ސޯލާޕެނަލް ވެސް ހަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ