މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުﷲ ޢަލީ

ގިނަ އަހަރުތަކަކަށްފަހު އުނގޫފާރުން ގޯތި ދޫކުރަން އިއުލާނުކޮށްފި

ގޯތި ދޫނުކޮށް އޮންނަތާ ގިނަ އަހަރުތަކެއްފަހުން ރ. އުނގޫފާރުން ގޯތި ދޫކުރަން ނިންމާ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ރަށު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ ލޭންޑްޔޫސް ޕްލޭންގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ދޫކުރަން ކަނޑައަޅާފައިވާ 1200 އަކަފޫޓުގެ 56 ގޯތިކަމަށެވެ. 

އެހެންކަމުން ގޯތި ބޭނުންވާ ފަރާތްތަކުން އިއުލާނާއެކު ގެޒެޓް ކޮށްފައިވާ "ރ.އުނގޫފާރުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. މި އުސޫލާއި ކަމާއިގުޅޭ ލިޔުންތައް ކައުންސިލުންވަނީ ގެޒެޓުގައި އާންމު ކޮށްފައެވެ. 

ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖަނަވަރީ 15 އިން 2023 ފެބުރުވަރީ 14 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:30 އަށެވެ.

އުނގޫފާރަކީ ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ރަށެކެވެ. އެކަމަށް ހައްލެއް ލިބެން އޮތީ އެ ރަށް ހިއްކާ ބިން ބޮޑު ކުރެވިގެނެވެ. ނަމަވެސް، އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރިތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާއިރު އަދިވެސް މަސައްކަތް ފަށާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ