މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

މާކުރަތު ބަނދަރަށް ގެންދިޔަ ހިލަވެލި ބާލަނިކޮށް އެކްސްކަވޭޓަރު ފުރޮޅާލައިފި

ރ. މާކުރަތު ބަނދަރު ހެދުމުގެ މަޝްރޫއަށް ގެންދިޔަ ހިލަވެލި ބަލަން އުޅުމުގެ ތެރޭގައި އެމްޓީސީސީގެ އެކްސްކަވޭޓަރު ފުރޮޅާލައިފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަމީޒު ބައެއް ނޫސްތަކަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެކްސްކަވޭޓަރު ފުރޮޅާލި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިޔަސް އެ އުޅަނދު ފުރޮޅާލާފައި ވަނީ ހިލަވެލި ގެނައި ދޯޏްޏަށް ކަމުން އެ ދޯޏްނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ދޯޏީގެ ޕަންޕް ފޮށި ވަނީ ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސްކަވޭޓަރު ފުރޮޅާލުމާއި ގުޅިގެން އިތުރު އެކްސްކަވޭޓަރެއް ގެނެސް ނެގުމުގެ މަސައްކަތް މިހާދު ދަނީ ކުރަމުންނެވެ. 

މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ދާއިރު އެ މަޝްރޫއަކީ 26.67 މިލިއަން ރުފިޔާއަށް 350 ދުވަސް ތެރޭގައި ނިންމަން ޕްލެނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ.

މިލިޔުން ކިޔާލުމުން

27%
އުފާވި
18%
ދެރަވި
36%
ހިނިއައި
18%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ