މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިސްމާއީލް ޝަފީއު

ރަސްމީ ދަތުރެއްގައި މިނިސްޓަރ އައިޝަތު ޢަލީ ފައިނަށް ވަޑައިގެންފި‏

ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ މިއަދު ފައިނަށް ވަޑައިގެންފިއެވެ.

މި ދަތުރުގައި މިނިސްޓަރު ފައިނަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 
މިނިސްޓަރަށް މަރުހަބާ ކިޔުމަށް ގިނަބަޔަކު ވަނީ ނުކުމެފައި - ފޮޓޯ: އިސްމާއީލް ޝަފީއު
މިނިސްޓަރު އަރިހުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވެސް ވަނީ ފައިނަށް ވަޑައިގެންފައެވެ. 

މި ދަތުރުގައި މިނިސްޓަރު އައިޝަތު ޢަލީ ފައިނު ސްކޫލަށް ޒިޔާރަތް ކުރައްވާ ސްކޫލްގެ މުވައްޒަފުންނާ ޕީޓީއޭއާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ ފައިނު ސްކޫލްގެ ތިންބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވެއެވެ. 

މީގެ އިތުރުން ފައިނު ކައުންސިލާއި ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ