މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޓީސީސީ

ބޯހިމެނުމުގެ ހިސާބުތައް 2022: ރ. އަތޮޅުގައި އެންމެ އާބާދީމަދު ރަށަކަށް އަނގޮޅިތީމު

2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހިސާބުތަކުން ރ. އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށަކީ ރ. އަނގޮޅިތީމުކަން ހާމަވެއްޖެއެވެ.

ބޯހިމެނުމުގެ ނަތީޖާތައް އިއްޔެ އާންމު ކޮށްފައިވާއިރު، އޭގައި ހިމަނާފައިވަނީ ބޯހިމެނުން ކުރިއަށް ގެންދިޔައިރު އެ ރަށެއްގައި ދިރިއުޅޭ އާބާދީއަށް ބަލައިގެނެވެ. އެގޮތުން، ރ. އަތޮޅުގެ ރަށްރަށުގައި މީހުން ދިރިއުޅޭ އަދަދުތަކަށް ބަލާއިރު،

- އާބާދީ އެންމެ ގިނައީ ދުވާފަރުގައި، އެއީ ބިދޭސީން ނުހިމަނާ 3156 މީހުން.
- ދެވަނައަށް އާބާދީ އެންމެ ގިނައީ މީދޫގައި އެއީ ބިދޭސީން ނުހިމަނާ 1723 މީހުން.
- އާބާދީ އެންމެ މަދީ އަނގޮޅިތީމުގައި، އެއީ ބިދޭސީން ނުހިމަނާ 349 މީހުން.
- ދެވަނައަށް އާބާދީ އެންމެ މަދީ، ފައިނުގައި އެއީ ބިދޭސީން ނުހިމަނާ 388 މީހުން. 
ބޯހިމެނުމުގެ ރ. އަތޮޅުގެ ހިސާބުތައް
ބޯހިމެނުމުގެ މައުލޫމާތުތަކަށް ބަލާއިރު އެންމެފަހުން ބޯހިމެނި 2014 ވަނަ އަހަރާއި މިފަހަރުގެ ހިސާބުތަކާއި ބަލާއިރު އާބާދީއަށް އެންމެބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ދުވާފަރުންނެވެ. އެއީ 3.1 އިންސައްތައިގެ ކުރިއެރުމެކެވެ. 

ރަށްރަށުގެ ރަޖިސްޓްރީގައި ހިމެނޭ އާބާދީ ބޯހިމެނުމުގައި ހިމަނާ އެރަށެއްގައި ދިރިއުޅޭ އާބާދީއާއި އަބަދުވެސް ތަފާތުވެއެވެ. 

މިލިޔުން ކިޔާލުމުން

31%
އުފާވި
23%
ދެރަވި
23%
ހިނިއައި
23%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ