މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކިނޮޅަސް

ކިނޮޅަސް ބަނދަރުމަތީ ކެފޭ ހިންގަން ބިން ދޫކުރަނީ

ރ. ކިނޮޅަސް ބަނދަރުމަތީ ކެފޭ ރެސްޓޯރެންޓް ހިންގަން ބޭނުންވާ ފަރާތްތަކަށް ހަތަރު ބިމެއް އެ ރަށުން ދޫކުރަން ހަމަޖެހިފައިވާތީ އެ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކިނޮޅަސް ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބިންތައް ދޫކުރަން ހަމަޖެހިފައިވަނީ އެ ރަށު ބަނދަރުމަތީ ބަތޫތާ މަންޒިލްގެ ނަމުގައި ތަރައްގީ ކޮށްފައިވާ ސަރަހައްދުގެ ދެކުނު ފަޅިން ކަމަށެވެ. 

އަދި އެ ބިންތައް ދޫކުރާނީ 10 އަހަރުގެ މުއްދަތަށް ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ. 

މި ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 18 މެއި 2023 ވަނަ ދުވަހު އޮންނަ މައުލޫމާތު ސެޝަންގައި ބައިވެރިވާން ޖެހެއެވެ.  

އެއަށްފަހު ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 01 ޖޫން 2023 ވަނަ ދުވަހުގެ 11:00 ގައެވެ. 

ކިނޮޅަސް ބަނދަރުމަތީ ކެފޭ ހިންގުމަށް މިހާރުވެސް ބިން ދޫކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.‏

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ