މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ނިޔާވި މީހާ

ގެއްލިގެން ހޯދަމުން ދިޔަ މާކުރަތު މީހާ ނިޔާވެއްޖެ

އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެއްޖެއެވެ.

މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވަނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުން ފަހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ. މުޙައްމަދު ނަސީމް ޢަލީ ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.

މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ރޭގެ ދަންވަރުގެ 1.55ހާއިރުއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަން  ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ