މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީއު

​ފޭސްކަޕް 2023: މީދޫ އެކުވެރި ކުލަބުން ފައިނު އެފްސީ ބަލިކޮށްފި

މިއަދު ފައިނުގައި ފެށި ފޭސްކަޕް 2023 ގެ ފުރަތަމަ މެޗްގައި ފައިނު އެފްސީ އާއި މީދޫ އެކުވެރި ކުލަބް ބައްދަލުކުރި މެޗް 5 - 0 އިން މީދޫ އެކުވެރި ކުލަބުން ކާމިޔާބު ކޮށްފިއެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި މީދޫ އެކުވެރި ކުލަބުގެ ފުރަތަމަ ގޯލް ޖެހީ އެ ޓީމްގެ ރަޝާދެވެ. ދެން މި މެޗްގައި މީދޫން ޖެހި ގޯލްތައް ޖެހީ މެޗްގެ ދެވަނަ ހާފްގައެވެ.

ރަޝާދު ވަނީ މި މެޗްގައި އިތުރު ގޯލެއް ވެސް ޖަހައިދީފައެވެ. އޭގެ އިތުރުން ޖެހި ގޯލްތައް ޖަހައިދިނީ އަނޫފް، އިހުސާން އަދި މުހައިމިންއެވެ. 

މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވުނީ މީދޫ އެކުވެރި ކުލަބުގެ މުޙައްމަދު ނާޖިހުއެވެ.

ޖުމުލަ 3 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގައި ދެން މިމަހުގެ 12 ގައި ކުޅޭނީ ފައިނު އެފްސީ އާއި ރަސްމާދޫ ސްޕޯޓްސް ކުލަބެވެ. 

މިއީ ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސް އިން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ