މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ހަސަން ވަހީދު ޑިމޮކްރެޓްސްއަށް ގުޅި ފޯމް ހަވާލު ކުރަނީ

ފައިނު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

ފައިނު ކައުންސިލްގެ މެޖޯރިޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ގެއްލިއްޖެއެވެ.

ފައިނު ކައުންސިލްގެ މި ހިނގާ ހަތަރުވަނަ ދައުރަށް އިންތިހާބުވީ އެމްޑީޕީގެ ތިން މެންބަރުންނާ ޕީޕީއެމްގެ ދެ މެންބަރުންނެވެ. 

އެހެންކަމުން މިހާތަނަށް އެ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. 

ނަމަވެސް، އެ ކައުންސިލްގައި މަސައްކަތް ކުރައްވާ މެންބަރު ޙަސަން ވަޙީދު މިއަދު ވަނީ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. 

އެހެންކަމުން މިހާރު އެ ކައުންސިލްގައި ތިއްބަވާނީ އެމްޑީޕީގެ ދެ މެންބަރުންނާ ޕީޕީއެމްގެ ދެ މެންބަރުންގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރެކެވެ. 

ޙަސަން ވަޙީދު ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމާއި ގުޅިގެން އެ ޕާޓީގެ މުއައްސިސް ޙަސަން ލަތީފް ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. 

ފައިނު ކައުންސިލްގެ ތާރީހަށް ބަލާއިރު ކައުންސިލްގެ ފުރަތަމަ ދައުރު މެޖޯރިޓީ ހޯދީ އެމްޑީޕީންނެވެ. ނަމަވެސް ދެ ވަނަ ދައުރާއި ތިންވަނަ ދައުރު މެޖޯރިޓީ ހޯދީ ޕީޕީއެމް އިންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ދަޑިމްކޮރޮސީ 1 year ago

ގައިމު މާކުރިންވެސް 3 ކައުންސިލަރުންގެ ނަން އެމްޑީޕީ ދަފްތަރުގަ ނެތޯ. އެހެން ކަމަށްވަނީނަމަ މާކުތިންވެސް އެއޮތީ މެޖޯރިޓީ ގެއްލިފައެއްނު.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ