މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އެމްއޯޔޫގައި ސޮއި ކުރުމުގެ ތެރެއިން

ފައިނު ސިއްހީ މަރުކަޒުގެ ބަލިމީހުންގެ ސާމްޕަލް ކައިރި ރަށްރަށަށް ގެންގޮސްދިނުމާ ކައުންސިލުން ހަވާލުވެއްޖެ

ފައިނު ސިއްހީ މަރުކަޒަށް ދައްކާ ބަލިމީހުންގެ ލެބޯޓްރީ ސާމްޕަލްތައް ކައިރި ރަށްރަށަށް ގެންގޮސް ދިނުމުގެ ހަރަދު ފައިނު ކައުންސިލުން ކޮށްދިނުމަށް ނިންމައިފިއެވެ.

މި ކަމަށްޓަކައި ފައިނު ސިއްހީ މަރުކަޒާއި ފައިނު ކައުންސިލާއެކު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. 

ފައިނު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ބަލިމީހުންގެ ސާމްޕަލްތައް ލެބޯޓްރީ ހުރި ކައިރި ރަށްރަށަށް ގެންދިޔުމަށް ކުރަންޖެހޭ ދަތުރު ހަރަދު ހަމަޖައްސާނީ އެ ކައުންސިލުންނެވެ. 

ފައިނު ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް އަދި ނެތުމާއިއެކު އެފަދަ ސާމްޕަލްތައް އާންމުކޮށް ފޮނުވަނީ އިނގުރައިދޫ ސިއްހީ މަރުކަޒަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ