މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕީޕީއެމް

ފައިނުގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

ފައިނުގައި އެއަރޕޯޓެއް އަޅައިދިނުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނުގައި މިއަދު ރ. އިނގުރައިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓު، އެޅުމަށް ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ފައިނުގައި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ފައިނު އެއަޕޯޓު މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

"ރައީސް ޔާމީނުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ނިންމެވި ފައިނުގައި އެއާޕޯޓެއް އަޅަން، މަސައްކަތްތަކެއްވެސް ފެށި، އެ އެއާޕޯޓަކީ ހަރަދުގެ ގޮތުން ބަލާއިރު ބިން ހިއްކުން އޭގަ ވަރަށް ކުޑަ މަޝްރޫއެއް. އެހެންކަމުން އަޅުގަނޑު މިތަނުގަ ދަންނަވާލާނަން އިރާދަކުރެއްވިއްޔާ ފައިނުގަ އެއާޕޯޓު އެޅުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫއެއް" މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ފައިނު އަދި އެ އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށާއި އެ ސަރަހައްދުގައި ހުރި އަދި ހުޅުވޭނެ ރިސޯޓުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިއްބައިދޭނެ މަޝްރޫއަކަށް ވާނެ ކަމަށެވެ. 

ފައިނުގައި އެއަރޕޯޓެއް އަޅަން މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ފައިނުގައި އެއަރޕޯޓެއް އެޅުމަށް ސާވޭގެ މަސައްކަތްތައް ވެސް ކޮށް ނިންމާފައެވެ. ނަމަވެސް، އީއައިއޭ ރިޕޯޓުގައި ހުރި ކަންކަމަށް ބަލާ، މި ސަރުކާރުން ނިންމީ ފައިނުގައި އެކަން ނުކޮށް، ބެރިޔަންފަރުގައި އެ އެއަރޕޯޓު އެޅުމަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ