މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުﷲ ޢަލީ އުނގޫފާރު

އުނގޫފާރުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ރ. އުނގޫފާރުން ބަންޑާރަ ގޯތި ހޯދުމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނާއިއެކު ވަނީ، ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު، ފޯމު ހުށަހެޅިފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް އާންމު ކޮށްފައެވެ. 

އެ ލިސްޓްގައިވާ ގޮތުން ގޯއްޗަށްއެދި ޖުމުލަ 195 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް، މި ފަހަރު ދޫކުރަން ހަމަޖެހިފައިވަނީ 56 ގޯތިކަމުން، އެ ގޯތިތައް ލިބޭގޮތަށް އޮތީ އެންމެމަތިން މާކްސް ހޯދި 56 ފަރާތަށެވެ. 

މިފަހަރު އެ ރަށުން ދޫކުރަނީ 1200 އަކަފޫޓްގެ ގޯތިތަކެކެވެ. 

އެ ރަށު ކައުންސިލުން ބުނެފައިވަނީ، ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ 2023 އޮކްޓޫބަރ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 ނޮވެމްބަރ 2 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ލިޔުމުން އެ ކައުންސިލަށް އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. 

އަދި ލިސްޓާއިމެދު ޝަކުވާއެއް ހުށަހަޅާފާ ނުވާނަމަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކުރެވޭނެކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޙަސަން ސައީދު 1 year ago

އުނގޫފާރުގަ ގެވަޅު ކަންތަކާ ފައިނު މީހުންނާ ކޮންވާ ބެހޭ ކަމެއްތޯ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ