މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރ. އަތޮޅު ކައުންސިލް

ރ. އަތޮޅު ކައުންސިލް ރައީސް ނާސިފް ޕީޕީއެމްއިން ވަކިވެއްޖެ

ޕީޕީއެމް ގަބޫލުކުރާ ހަމަތަކާ އެޕާޓީން ބީރައްޓެހި ވެފައިވާ ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ސެނެޓު މެމްބަރު ކަމުންނާއި ޕާޓީގެ މެމްބަރުކަމުން ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ނާސިފް އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

ޕީޕީއެމްއިން ވަކިވިކަން އަންގައި ނާސިފް ލިޔުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، މި ސަރުކާރުން ވައުދުވެ މިހާތަނަށް ނުވެވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް ޔާމީން މިނިވަންކުރުމާއި ކުރީ ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމާއި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ ހިމެނެއެވެ. އަދި މިއީ ސަރުކާރާ ހަވާލުވާތާ ފުރަތަމަ ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ކަމުގައި އޭރު ބުނެފައިވާ ކަންކަން ކަމަށް ވެސް ނާސިފް ސިޓީގައި ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތައް ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު، ފެންނަނީ ތަފާތު ބަހަނާތައް އުފަންކޮށް ރައްޔިތުން ކުރި އުއްމީދުތަކަށް ފުރަގަސްދީފައިވާ ކަމަށް ނާސިފް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ސިޔާސަތުތަކަށް ނިސްބަތްވާ ޕާޓީއެއްގައި ހުންނަން ބޭޏުން ނުވާތީ އެ ޕާޓީން އިސްތިއުފާ ދެއްވީކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ކުޑަ ދުވަސްކޮޅެއްވެފައިވާއިރު ޕީޕީއެމްޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ޔާމީން ވަނީ ޕީޕީއެމްއާ ވަކިވެ، ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ ޕާޓީއާއި ގުޅުމުގެ ވިސްނުމެއް ހުރިތޯ ސުވާލު ކުރުމުން ނާސިފް ވަނީ އަދި އެކަމަށް ގޮތެއް ނިންމަވާފައި ނުވާކަމަށް ވިދާޅުވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ