މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އިންނަމާދޫ ފުޓްސަލް ދަނޑު

އާދަޔާހިލާފު ޖޯޝެއް؛ އަތޮޅު މުބާރާތަށް އިންނަމާދޫ ފުރިހަމައަށް ތައްޔާރު

މާދަމާ ފެށޭ ރ. އަތޮޅު ފުޓްސަލް މުބާރާތް ވެގެންދާނީ މި އަހަރު ރ. އަތޮޅުގައި ކުރިއަށްދާނެ އެންމެ ފޯރިގަދަ މުބާރާތަށެވެ. އަތޮޅު ފެންވަރުގައި ބޭއްވޭ އެންމެބޮޑު މުބާރާތް މިފަހަރު ރ. އިންނަމާދޫގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު އެ ރަށް މިހާރުވަނީ މި މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.

ފާހަގަ ކޮށްލެވޭގޮތުގައި މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހުނު އުނގޫފާރުން އެ ރަށުގައި އެ މުބާރާތް ނުބޭއްވުމަށް ނިންމުމާއި ގުޅިގެން ވަގުތު ކުޑަތަން ވެފައިވަނިކޮށް މުބާރާތް ބާއްވާނެ ރަށެއްގެ ގޮތުގައި އިންނަމާދޫ ހަމަޖެހުނެއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ. 
ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން --
ދަނޑުގެ ޗޭންޖިންރޫމް ފާހާނާއާއިއެކު އިމާރާތްކޮށް ނިންމާލުންފަދަ ބައެއް މަސައްކަތްތައް ސުމަކުން ފަށައިގެންކޮށް ނިންމާލިއިރު ދަނޑުގެ ޓާފް ބަދަލު ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންގޮސް ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ދަނޑުގައިހުރި ފިނިޝިންގެ ބައެއް މަސައްކަތްތަކެވެ.
ރަށުގެ ކަނބަލުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އެރަށު ކައުންސިލުން ފާހަގަކުރޭ--
އިންނަމާދޫގައި މި މުބާރާތަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން "ފައިނު އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު އަޒުމީން ވިދާޅުވީ، މިކަމުގައ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދަޔާއި ހިލާފު ޖޯޝާއި ފޯރިއެއް ކަމަށެވެ. 
ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ހިލާފު ޖޯޝަކާއި ފޯރިއެއް. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ރެޔާއި ދުވާލު ނުނިދާވެސް ބައެއް ބޭފުޅުން އެބަ މަސައްކަތް ކޮށްދެއްވާ. ހާއްސަ ގޮތެއްގައި ރަށުގެ ކަނބަލުން މިކަމުގައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ހިތުގެ ލޯތްބާއިއެކު ފާހަގަކޮށް ޝުކުރު ދަންނަވަން

އިންނަމާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒުމީން

ރޮސްޓްރަމް ހެދުމުގެ މަސައްކަތުގެ ތެރެއިން -
އަޒުމީން ވިދާޅުވީ، މުބާރާތަށް ތައްޔާރުވުމުގެ ބޮޑެތި މަސައްކަތްތައް ނިންމާލުމަށް ލިބުނީ ހަފްތާއެއްހާ ދުވަސްކަމަށެވެ. ނަމަވެސް، ރަށުގެ ރައްޔިތުން މިކަމުގައި ދައްކަމުންދާ ހިތްވަރުގެ ސަބަބުން އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވިފައި ވާކަމަށެވެ. 

އަދި އިޖުތިމާއީ މިފަދަ ކަމެއްގައި ރަށުގެ ރައްޔިތުން އެކުވެރިކަމާއިއެކު ގުޅިގެން މަސައްކަތް ކުރާތަން ފެނުމަކީ ވަރަށްވެސް އުފާވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
މުބާރާތަށް ވަމުންދާ ތައްޔާރީތައް --
އޭނާ ވިދާޅުވީ، މުބާރާތުގެ މެޗުތަކަށް ދަނޑު ތައްޔާރު ކުރުމުގެ އިތުރަށް ރަށުތެރެއާއި ބަނދަރުމަތި ރީތި ކުރުމުގެ މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށާއި އޭގެ އިތުރަށް އިންތިޒާމު ކުރަންޖެހޭ އެނޫން ކަންކަން ވެސް ހަމަޖެހި ނިމިފައިވާކަމަށެވެ. އެގޮތުން، އަތޮޅުގެ ރަށްރަށުން މެހުމާނުން ގިނަ އަދަދަކަށް ރަށަށް ޒިޔާރަތް ކުރާނެތީ އެކަމަށް ރަށުގެ ފިހާރަ ކެފޭ ރެސްޓޯރެންޓްތައް ވެސް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ. 

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގައި ޖުމުލަ 7 ރަށަކުން ބައިވެރިވެފައިވެއެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅޭ މެޗް މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ބައްދަލުކުރާނީ، އިނގުރައިދޫ އަދި މަޑުއްވަރީއެވެ. އެރޭ ވެސް ދެ މެޗް ކުޅެން ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިންނަމާދޫއާއި އަލިފުއްޓެވެ. އަދި އެއަށްފަހު އުނގޫފާރު އަދި ދުވާފަރެވެ. 

މިލިޔުން ކިޔާލުމުން

36%
އުފާވި
14%
ދެރަވި
29%
ހިނިއައި
21%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ