މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

​ފައިނު ކައުންސިލްގެ ރައީސް މޫސަ ޕީއެންސީއަށް، ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް

ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު މޫސަ ވަނީ އޭނާގެ ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހަވާލު ކުރައްވާފައެވެ.

މޫސަ ޕާޓީ ބަދަލު ކުރެއްވުމާއި ގުޅިގެން ފައިނު ކައުންސިލްގެ މެޖޯރިޓީ މިވަނީ ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީއަށް ލިބިފައެވެ.

ފައިނު ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ދެ މެންބަރުންނާއި ޕީއެންސީގެ މެންބަރެއްގެ އިތުރުން ޑިމޮކްރެޓްސް އަދި އެމްޑީޕީގެ މެންބަރެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޫސައަކީ ފެށުނީއްސުރެ ފައިނުގައި އެމްޑީޕީގައި އިސްވެ އުޅުއްވާ ފަރާތެކެވެ. އަދި އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ