މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފުލުހުން ކުރި ޒިޔާރަތުގެ ތެރެއިން

ޙާފިޒް ޔޫނުސްގެ އަގުވަޒަން ކުރުމަށް އިނގުރައިދޫ ޕޮލިސްއިން ޒިޔާރަތްކޮށްފި

ކީރިތި ޤުރްއާން ހިތުދަސްކޮށް ފައިނުގެ ފުރަތަމަ ޙާފިޒްކަމުގެ މަގާމު ހޯދާފައިވާ ޙާފިޒް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރުގެ އަގުވަޒަން ކުރުމުގެގޮތުން، އިނގުރައިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޒިޔާރަތެއް ކޮށްފިއެވެ.

އިއްޔެ އެ ސްޓޭޝަންގެ ހުރިހާ މުވައްޒަފުން ފައިނަށްކުރި ޒިޔާރަތުގައި ޔޫނުސްއާއި ބައްދަލުކޮށް ހަދިޔާއެއް ހަވާލުކޮށް އަދި އަގުވަޒަންކޮށް ހިތްވަރު ދީފައިވެއެވެ. 
 
އެގޮތުން، ފުލުހުންގެ ފަރާތުން ދެއްކި ވާހަކައިގައި ރ. އަތޮޅު ފަހުރުވެރިވާފަދަ ކާމިޔާބީއެއް ހާސިލުކުރިކަމަށްޓަކައި ޔޫނުސްއަށް މަރުހަބާކިޔާ، އަދި އޭނާގެ މަންމައާއި ބައްޕަ ކޮށްދިން މަސައްކަތަށާއި ހިތްވަރަށް މަރުހަބާ ކިޔާފައިވެއެވެ. އަދި ޔޫނުސްފަދަ ދަރިން މި ގައުމަށް ބޭނުންވާކަމަށާއި އުޖާލާ ކުރިމަގަކަށް އެދޭކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. 

މި ބައްދަލުވުމުގައި ޔޫނުސްގެ ބައްޕަވަނީ، ފުލުހުންގެ ފަރާތުން މިފަދަ ޒިޔާރަތެއް ކުރީތީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. 

ޔޫނުސް ޤުރްއާން ހިތުދަސްކޮށްފައިވަނީ އުމުރުން 11 އަހަރުގައި އެންމެ ދެ އަހަރުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ