މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު ދަނޑުތައް؛ ފޮޓޯ: ޝަފީއު

ރަމަޟާން މަހަށް ބޭނުންވާ ކަރާ ފައިނު ދަނޑުތަކުން ހެޔޮ އަގުގައި

މި އަހަރުގެ ވެސް ރަމަޟާން މަހާއި ދިމާކޮށް ފައިނުގައި ވަނީ ގިނަ އަދަދަކަށް ކަރާ ހައްދާފައެވެ. އެގޮތުން، 55 ދަނޑުބިމެއްގައި ރަމަޟާން މަހާއި ދިމާކޮށް ކަރާ ހައްދާފައިވާއިރު އޭގެ ތެރޭގައި، ކަރަލުގެ މަޝްހޫރު ބާވަތްތައް ކަމަށްވާ ކަޅުކަރާ، އަލަނާސި ކަރާ އަދި ރޮނގުދެމި ކަރާ ވެސް ހިމެނެއެވެ.

ފައިނު ދަނޑެއް- ފޮޓޯ: އިސްމާޢީލް ޝަފީއު
ރަމަޟާން މަސް ފެށުނުއިރު ފައިނު ދަނޑުތަކުން ކަރާ ކަނޑަން ފަށާފައިވާއިރު މިހާރުވެސް ދަނޑުތަކުގައި ގިނަ އަދަދަކަށް ކަރާ ލިބެން އެބަހުރިކަމަށް ދަނޑުވެރިން ބުނެއެވެ. 

ކަރަލުގެ އިތުރުން މި އަހަރުވެސް ފައިނުގައިވަނީ ކިއުކަންބާ، ބަރަބޯ، ބަޓާނާ އަދި ބަށިފަދަ ބާވަތްތައް ވެސް ހައްދާފައެވެ.
ފައިނު ދަނޑުމަތިން - ފޮޓޯ: އިސްމާޢީލް ޝަފީޢު
ފައިނު ދަނޑުވެރިން ބުނަނީ މިހާރުވެސް އެތައް ޓަނެއްގެ ކަރާ ވިއްކާފައިވާކަމަށާއި އަދިވެސް ރަމަޟާން މަހުގައި ބާކީ އޮތްދުވަސްތަކަށް ބޭނުންވާނެ ކަރާ ދަނޑުތަކުގައި އެބަހުރިކަމަށެވެ. 

ފައިނަކީ މޫސުމީ ދަނޑުވެރިކަމުގެ އިތުރުން ދިގުމުއްދަތުގެ ދަނޑުވެރިކަން ވެސް މިހާރު ކުރަމުން އަންނަ ރަށެކެވެ. އެގޮތުން ދިގު މުއްދަތަށް ދޫކޮށްފައިވާ ދަނޑުތަކުގައި ވެސް އެކި ބާވަތްތައް މިހާރުވެސް ހައްދާފައިވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނާނި 8 months ago

ކަރާ ވިއްކާ ޑެލިވަރީ ކޮށްދޭ ފަރާތެއްގެ ނަންބަރު ހިއްސާ ކޮށްދެއްވި ނަމަ....

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ