މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ؛ ކިޔުންތެރިއެއް

​ރަމަޟާންމަހު ރ. މީދޫގެ ކަރަންޓުގެ ހާލަތު ދަށްވެ ރައްޔިތުންގެ ޝަކުވާ

ރ. މީދޫގައި ދެމުންދާ ކަރަންޓްގެ ހާލަތު ދަށްވެ އެ ރަށުން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެ ރަށުން މައުލޫމާތު ދިން ގޮތުގައި، ރަމަޟާން މަހުގެ ކުރީކޮޅު ކަރަންޓް ރަނގަޅު ނަމަވެސް އިންޖީނަކަށް ދިމާވި މައްސަލައަކާއެކު މިހާރު ރަށަށް ކަރަންޓް ދެމުންދަނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ގަޑިއިރަކަށް ކޮންމެ ސަރަހައްދަކުން ވެސް ކަރަންޓް ކަނޑާލައިގެނެވެ.

އަދި ރޭގަނޑު ވެސް ބަނދަރުގެ މަދު ބައްތިއެއް ފިޔަވާ ދެން ހުރި ބައްތިތަކާއި މަގުބައްތިތައް ވެސް ނިވާލަންޖެހި މަގުތައްވެސް އޮންނަނީ އަނދިރިކޮށްކަމަށް މައުލޫމާތު ދީފައިވެއެވެ.

އަދި ކަރަންޓް ލިބޭއިރު ވެސް ކަރަންޓް ލިބެނީ ވަރަށް ދަށްކޮށްކަމަށްވާތީ ކަރަންޓް ގިނައިން ބޭނުންވާ ސާމާނު ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވަމުން ދާކަމަށް ވަނީ ބުނެފައެވެ. 

އެ ރަށުން މައުލޫމާތު ދިން މީހާ ބުނީ ރަމަޟާން މަހާއި ދިމާވިއިރު މިގޮތަށް ދިމާވުމަކީ ރަމަޟާން މަސް ކުރިއަށް އޮތްއިރު ލޯޑު އިތުރުވާނެކަން އެނގި އެކަމަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވުމުން ދިމާވިގޮތެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެ ރަށު ފެނަކަ ބްރާންޗުން ބުނީ، ކަރަންޓުގެ ދިނުމަށް ދަތިވާން ފެށީ 300 ގެ ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ޖެންސެޓް ފުލް އޯވަހޮލްއަކަށް ދާންޖެހުމުން ކަމަށެވެ.

އަދި ދެން ހުރި ޖެންސެޓްތަކުން ވެސް ރަށަށް ބޭނުންވާވަރަށް ކަރަންޓް އުފެއްދެން ނެތުމުން މިވަގުތު ކަރަންޓް ދޭން ޖެހިފައިވަނީ އެކި ސަރަހައްދުތަކުން ވަކި ގަޑިތަކަކަށް ކަރަންޓް ކަނޑައިގެން ކަމަށް ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ އެ މައްސަލަ ހައްލު ކުރުމަށް އާ ޖެންސެޓެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި ކުރިއަށްއޮތް 3 ނުވަތަ 4 ދުވަހެއްގެ ތެރޭގައި އެ ސެޓް ރަށަށް ގެނެސް ގުޅައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ