މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ތެޔޮ ވިއްކުމަށް ފައިނު ބަނދަރުމަތިން ބިން ކުއްޔަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި

ފައިނު ބަނދަރުމަތީ ތެޔޮ ވިއްކުމުގެ ހިދުމަތް ދިނުމަށް ދޫކުރަން ނިންމާފައިވާ ބިން ކުއްޔަށް ހިފަން ބިޑު ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ކައުންސިލުން ހުޅުވާލައިފިއެވެ.

ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ބަނދަރުގެ ހުޅަނގު ފަޅިން 1500 އަކަފޫޓްގެ ބިމެއް ކަމަށެވެ. 

އެ ބިން ނަގަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވާންޖެހެއެވެ. ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގައެވެ. 

މި ބިމަކީ ފައިނު ބަނދަރުމަތިން ތެޔޮ ވިއްކުމަށްޓަކައި މީގެކުރިން ވެސް އިއުލާނުކޮށް ބަޔަކާ ހަވާލުކުރި ބިމެކެވެ. ނަމަވެސް، އެ ފަރާތަށް ދިން މުއްދަތުގައި ހަވާލުވި ފަރާތުން އެ ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ ބިން ވަނީ އެފަރާތުން ވަކިކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ