މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މިއަދު ކުރިއަށްދިޔަ ވޯޓު ލުމުގެ ތެރެއިން

އިންނަމާދޫ ކައުންސިލްގެ ބައިއިލެކްޝަން: ގޮނޑި ކާމިޔާބުކުރީ ޕީއެންސީން

ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުންނަށް ހާއްސަ ކޮށްފައިވާ ގޮނޑީގެ ތެރެއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް މިއަދު އެ ރަށުގައި ކުރިއަށް ގެންދިޔަ ބައި އިލެކްޝަން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު ސަމާހާ ކާމިޔާބު ކޮށްފިއެވެ.

މި އިންތިހާބުގައި އިންނަމާދޫގައި ބެހެއްޓި ފޮށިން ސަމާހާ ވަނީ 201 ވޯޓު ހޯދާފައެވެ. އަދި މާލޭގައި ބެހެއްޓި ފޮށިން އޭނާވަނީ 42 ވޯޓު ހޯދާފައެވެ. މި އިންތިހާބުގައި 331 މީހަކު ވޯޓުލާފައިވެއެވެ.

މި އިންތިހާބުގައި ދެން ވާދަކުރީ އެމްޑީޕީގެ ފަރާތުން ފާޠިމަތު ސަމްހާއެވެ. އެ ރަށުން މައުލޫމާތު ދިން ގޮތުގައި ސަމްހާ ވަނީ މި އިންތިހާބުގައި ވާދަ ނުކުރާނެކަން މީގެ ކުރިން ހާމަކޮށްފައެވެ. ނަމަވެސް، ނަން ނެގުމުގެ ސުންގަޑި ހަމަވިފަހުން ނަން ނެގުމަށް ހުށަހެޅުމުން ވޯޓު ކަރުދާސްކޮޅުގައި އޭނާގެ ނަން އޮތެވެ. 

މިއަދު އޮތް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ވާދަ ނުކުރާކަން ހާމަ ކުރިނަމަވެސް، އޭނާއަށްވަނީ 78 ވޯޓު ލިބިފައެވެ. 

އެކަމާއި ގުޅޭގޮތުން އެ ރަށުން "ފައިނު އޮންލައިން" އާއި ވާހަކަ ދެއްކި މީހަކު ބުނީ، އެމްޑީޕީގެ ކެންޑިޑޭޓު ކުރިމަތިލުމާއެކު އޭނާގެ ނަން ނެގުމަށް އެކި ފަރާތްތަކުން އެކި ގޮތްގޮތުން ދިޔައީ ނުފޫޒު ފޯރުވަމުން ކަމަށެވެ. 

އަދި އޭގެ ފަހުން އެމްޑީޕީގެ ކެންޑިޑޭޓު ވާދަ ނުކުރާނެކަން ހާމަކޮށްފައި އޮއްވާ ވެސް އޭނާއަށް އެ ރަށުން 78 ވޯޓު ލިބިގެން ދިޔުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ